ކ.ގުރައިދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް ނިންމާ ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، ހުއްޓިފައިވާ ކުޅިވަރު މަޝްރޫޢުތައް ފުރިހަމަކުރުމުގެ ޕްރޮގްރާމުގެ ތެރެއިން، ކ.ގުރައިދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް ނިންމާ ރަސްމީކޮށް ހުޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު އެވެ.
ކ. ގުރައިދޫގެ ހޭންޑްބޯޅަ ކޯޓަކީ 2023 ވަނަ އަހަރު ފެށި މަޝްރޫޢުއެކެވެ. ނަމަވެސް މި މަޝްރޫޢު ކުރިއަށް ނުގޮސް ހުއްޓިފައި އޮއްވާ، މި ސަރުކާރުން ވަނީ އެ މަސައްކަތް އަލުން ފަށާ ފުރިހަމަކޮށްފަ އެވެ. އެއް އަހަރު ދުވަސް ހޭދަވި މި ޕްރޮޖެކްޓް ފުރިހަމަކުރުމަށް 1.5 މިލިއަން ރުފިޔާ ހޭދަވި އެވެ.