ހއ. އިހަވަންދޫގައި ކުރިއަށްދިޔަ "ބިއުޓިފުލް ބްލޫ މައި ކަޕް 2024"ގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގަންނަވައިފި އެވެ.
ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން އިހަވަންދޫ ކުލަބު ޕޯލްސްޓާ އިން ކުރިއަށްގެންދާ މި މުބާރާތުގައި މިފަހަރު ހަ ރަށަކުން ޓީމްތައް ވާދަކުރި އެވެ. އެއީ އިހަވަންދޫ، ދިއްދޫ، ހޯރަފުށި، ތުރާކުނު، އުލިގަމް އަދި ނޮޅިވަރަމަށެވެ. ޖުމްލަ ނުވަ ޓީމް ވާދަކުރި މުބާރާތުގެ ފައިނަލްގައި ވާދަކުރީ އެންވީކޭ އާއި ކުޅިމަގު ޓީމެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް 1-1 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 6-5 އިން ކުރިހޯދައި ޗެމްޕިއަންކަން ހޯދީ އެންވީކޭ އެވެ.
ފައިނަލް މެޗުގެ ވަނަތަކަށް ހޮވުނު ކުޅުންތެރިންނާއި ޗެމްޕިއަންކަން ހޯދި އެންވީކޭއަށް އިނާމް ހަވާލްކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.