ލ.ފޮނަދޫ ކުރިމަގު ފުޓްސަލްދަނޑު ތަރައްޤީ ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި އައު

17 ޑިސެމްބަރު 2024

ލ. ފޮނަދޫ ކުރިމަގު ފުޓްސަލް ދަނޑު ތަރައްޤީ ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ކުޅިވަރު ވުޒާރާގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި ލ.ފޮނަދޫ ކުރިމަގު ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރީ މެގަ ލިންކް ޕްރައިވެޓް ލިމިޓެޑްއާ އެވެ.
މި އެއްބަސްވުމުގައި ކުޅިވަރު ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ހުސައިން ނިހާދު އެވެ.
ފުޓްސަލް ދަނޑު ތަރައްގީކުރުމުގެ މަސައްކަތުގެ އަގަކީ 1 އެއް މިލިއަން ފަސް ލައްކަ ފަންސާސް ނުވަހާސް، ފަންސާސް ތިން ރުފިޔާ އެވެ. އެއްބަސްވުމުގައި ވާ ގޮތުން 38 ދުވަހުގެ ތެރޭގައި ދަނޑުގެ މަސައްކަތް ނިންމަން ޖެހެ އެވެ.