ޒޯން ހަތަރެއްގެ ލީޑަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް ނިންމާލައިފި

29 ނޮވެމްބަރު 2024

"ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމްގައި ހިމެނޭ ލީޑަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް ޒޯން ހަތަރެއްގައި ނިންމާލައިފި އެވެ.
ހަށިހެޔޮ މުޖުތަމަޢެއް ބިނާކުުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ ހަ ޒޯނެއްގައި ލީޑަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް އަންނަނީ ހިންގަމުންނެވެ. މިހާތަނަށް ޒޯން އެކެއް އަދި ޒޯން ތިނެއްގެ ލީޑަރުން ތަމްރީންކޮށް ނިންމާފައިވާއިރު، ޒޯން ހަތަރެއްގެ ލީޑަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް ނިންމާލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ރަށް ރަށުގައި ތިއްބަވާ ސްޕޯޓްސް ކައުންސިލަރުންނާއި، ޔޫތު އެސޯސިއޭޓުން ތަމްރީންކުރުމުގެ ޕްރޮގްރާމްގައި ޒޯން ހަތަރެއްގައި ބައިވެރިވީ ފ. މ. އަދި ދ އަތޮޅުގެ ރަށްތަކުންނެވެ.
ޒޯން ހަތަރެއްގެ ލީޑަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު އެވެ.
"ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމްގައި ހިމެނޭ ލީޑަރުން ތަމްރީންކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ފިޒިކަލް އެކްޓިވިޓީސްތަކާއި، ތިޔަރީ ކްލާސްތައް ހިމެނޭގޮތަށް ލީޑަރޝިޕް ސްކިލްސް އާއި މެނޭޖްމަންޓް ސްކިލްސް އުގަންނައި ދެވިފައިވެ އެވެ.