ވަޒީރު ރާފިޢު، ދ. ރިނބުދޫ އައުޓްޑޯ ޖިމް ހުޅުވައިދެއްވައިފި

07 ޑިސެމްބަރު 2024

ދ. އަތޮޅު ރިނބުދޫގައި ގާއިމްކުރި އައުޓްޑޯ ޖިމް ރަސްމީކޮށް ހުޅުވައިފި އެވެ.
ސަރުކާރުން ދ. ރިނބުދޫގައި ހުޅުވި 'ރަންހަމަ" އައުޓްޑޯ ޖިމް ހުޅުވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކާމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. މި ރަސްމިއްޔާތުގައި ކުޅިވަރު ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަސްލަމް ރަހާވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރިނބުދޫގެ އައުޓްޑޯ ޖިމް ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ރަށުގެ ގިނަ ރައްޔިތުންވެސް ބައިވެރިވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ރަށު ކައުންސިލްގެ ރައީސް އަޙްމަދު އިޤްބާލް ޢަބްދުލް ޤައްޔޫމް ރައީސް ވިދާޅުވީ މި ޖިމަކީ އެ ރަށުގެ ގިނަ ރައްޔިތުންތަކެއް ގިނަ ދުވަސްތަކެއްވަންދެން ބޭނުންވެގެން އުޅުނު ކަމެއްކަމަށާއި، މި ސަރުކާރުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިކަން ހަމަޖައްސަވައިދެއްވުމުން ޝުކުރު އަދާކުރާކަމަށެވެ.
ރިނބުދޫގައި ގާއިމްކުރުމުގެ ޖިމްގެ މަސައްކަތް ހުއްޓިފައިވަނިކޮށް އެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގެންގޮސް ނިންމީ މި ސަރުކާރުންނެވެ.