ވަޒީރު ރާފިޢު، އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހިމް ޝިފާޒްއާ ބައްދަލުކުރައްވައިފި

15 އޯގަސްޓު 2024

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހިމް ޝިފާޒުއާ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ބައްދަލުކުރައްވައިފި އެވެ.
ކުޅިވަރާ ބެހޭ ވުޒާރާގައި އޮތް ބައްދަލުވުމުގައި ވަޒީރު ރާފިޢު އާއި އުނގޫފާރު ދާއިރާގެ މެންބަރު ވަނީ އެ ދާއިރާގެ ރަށްތަކުގެ ކުޅިވަރު މަޝްރޫޢުތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ. މިގޮތުން އެ ދާއިރާގެ ރަށްތަކަށް މިވަގުތު ބޭނުންވެފައިވާ ކުޅިވަރު ވަސީލަތްތަކާއި، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށްގެންދެވޭނެ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
މިީގެ އިތުރުން އެ ދާއިރާގެ ރަށްތަކަށް މިދިޔަ އަހަރުތަކުގައި ކުޅިވަރުގެ ދާއިރާއިން ހައްލުނުލިބި ހުރި މައްސަލަތައް މެންބަރު ޝިފާޒު ވަނީ ވަޒީރު ރާފިޢު އާ ހިއްސާކުރައްވާފަ އެވެ. މި މައްސަލަތައް ހައްލުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވި އަވަސް ހައްލުތައް ހޯދައިދެއްވާނެކަމުގެ ޔަގީންކަން ވަޒީރު ރާފިޢު ވަނީ މެންބަރަށް އަރުވާފަ އެވެ.