ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ، ޓީ20 ޕްރެޒިޑެންޓް ކަޕްގެ ފައިނަލް މެޗު ބައްލަވާ، މުބާރާތުގެ ނިމުމުގެ ރަސްމިިއްޔާތު ޝަރަފްވެރިކޮށްދެއްވައިފިއެވެ.
ކުޅިވަރު އެކުވެނި ކްރިކެޓް ދަނޑުގައި ކުޅުނު މެޗުގައި ވާދަކުރީ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމް ސީބީއެލް އާއި މާލޭ ސްޕޯޓްސް ކަލްބްއެވެ. ، މާލޭ ސްޕޯޓްސް އިން ތަށި އުފުލާލީ، 4 ވިކެޓުން މޮޅުވެގެންނެވެ.
ޕްރިމިއާ ލީގްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާލޭ ސްޕޯޓްސް ކްލަބް އިސްމާއިލް އަލީ އެވެ. އެންމެ މޮޅު އުންތެރިއަކަށް ސީބީއެލްގެ ޕަންޑުކާ ހޮވުނުއިރު، އެންމެ މޮޅު ހޮވުންތެރިއަކަށް ހޮވުނީ އެމްއެސް އެކަޑަމީގެ ދިލްޝާން އެވެ. އަދި، އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ މިލާން ކްރިކެޓް އެކަޑަމީގެ މުހަންމަދު ރަޔާން ތޮލާލް އެވެ. މީގެ އިތުުރުން، މުބާރާތުގެ ހުރިހާގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސީބީއެލްގެ ރުވާން ތާރަކައެވެ.