ވަޒީރު ރާފިޢު، ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައިފި

02 ފެބްރުއަރީ 2025

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖު 2025ގެ އިނާމް ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައިފި އެވެ. 
މާލޭ ކުޅިވަރު އެކުވެނީގެ ބެޑްމިންޓަން ހޯލުގައި ކުރިއަށްދިޔަ ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖުގައި  ތަފާތު 10 އެކަޑެމީއަކުން 330 އަށްވުރެ ގިނަ ކުދިން ވާދަކުރި އެވެ. މިއީ ކުޅިވަރު އެކަޑެމީއަކުން ބޭއްވި އެންމެ ބޮޑު ބެޑްމިންޓަން މުބާރާތެވެ. 
މުބާރާތުގެ ފައިނަލް މެޗުތަކާއި އިނާމް ދިނުމުގެ ރަސްމިއްޔާތު މިރޭ ބޭއްވިއިރު، އެންމެ ގިނަ މެޑަލް ހޯދައި އެންމެ މޮޅު އެކަޑެމީގެ މަގާމް ހޯދި އޭދަފުށީ ރިވައިވަލް ސްޕޯޓްސް އަށް ޓްރޮފީ ހަވާލްކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.