ވަޒީރު ރާފިޢު، އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ފައްޓަވައިދެއްވައިފި

18 އޯގަސްޓު 2024

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ފައްޓަވައިދެއްވައިފި އެވެ.
އޭޝިއާގެ އެންމެ ބޮޑު ސާފިން މުބާރާތް ކ. ތުލުސްދޫގައި ކުރިއަށްދާނީ މިމަހުގެ 17 އިން 24ގެ ނިޔަލަށެވެ. މުބާރާތުގައި އޭޝިއާގެ 20 ގައުމަކުން 100 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރެ އެވެ.
މުބާރާތް ހުޅުވުމުގެ ގޮތުން ކުރިއަށްދިޔަ ރަސްމިއްޔާތުގައި އެތުލީޓުންގެ ހުވާ ކުރުމާއި، ޖަޖުންގެ ހުވާ ކުރުންވެސް އޮތެވެ. މީގެ އިތުރުން ދިދަ ރަސްމިއްޔާތާއި، ސާފިން މުބާރާތްތަކުގެ ފެށުމުގެ ރަސްމިއްޔާތްތަކުގައި އަބަދުވެސް ކުރިއަށްގެންދާ އެހެން ސަގާފީ ކަންކަން ކުރިއަށްދިޔަ އެވެ.
ކ. ތުލުސްދޫ ކައުންސިލްގެ އެއްބާރުލުމާވެސް އެކު ކުރިއަށްދިޔަ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ސަގާފީ ހަރަކާތްތައްވެސް ކުރިއަށްދިޔަ އެވެ.