ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ރ. ދުވާފަރު ސްޕޯޓްސް ކުލަބު ފުޓްބޯޅަ އެކަޑަމީ އިފްތިތާޙުކޮށްދެއްވައިފި އެވެ.
ޓީސީ ސްޕޯޓްސް ކުލަބާއި، ރ. ދުވާފަރު ކައުންސިލް އަދި ދުވާފަރު ސްޕޯޓްސް ކުލަބުން ގުޅިގެން އެ ރަށުގައި ފެށި ފުޓްބޯޅަ އެކަޑެމީ އަކީ މުޅިން އަލަށް އެ ރަށުގައި ފެށި އެކަޑެމީ އެކެވެ.
މި އެކަޑެމީ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ އެކަމަށްޓަކައި އެ ރަށުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ޓީސީ ސްޕޯޓްސް ކުލަބުގެ އިސްވެރިންނާއި، އެ ރަށު ކައުންސިލްގެ އިސްވެރިންގެ އިތުރުން އެކަޑެމީގެ ކުދިންނާއި ބެލެނިވެރިން ބައިވެރިވި އެވެ.
ދުވާފަރު ސްޕޯޓްސް ކުލަބު ފުޓްބޯޅަ އެކަޑެމީގައި 5 އަހަރުން ފެށިގެން 16 އަހަރާ ދެމެދުގެ ކުދިން ތަމްރީންވާނެ އެވެ. އެއީ ތަފާތު ހަތަރު އުމުރުފުރާއަކުންނެވެ. މި އެކަޑެމީގައި ތަމްރީންވާ އުމުރުފުރާތަކަކީ ހަތް އަހަރުން ދަށް، 10 އަހަރުން ދަށް، 13 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ އުމުރުފުރާ އެވެ.