ވަޒީރު ރާފިޢު، ދިވެހި މެޑިކަލް އެސޯސިއޭޝަންއާ ބައްދަލުކުރައްވައިފި

29 އޯގަސްޓު 2024

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި އެވެ
ދިވެހިރާއްޖޭގެ ޑޮކްޓަރުން ގުޅިގެން ހިންގަމުން އަންނަ ޖަމިއްޔާ، މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންއާއެކު އޮތް މި ބައްދަލުވުމަކީ ކުޅިވަރު ވުޒާރާ އާއި އެ ޖަމިއްޔާއިން ގުޅިގެން ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ކުރިއަށް ގެންދެވުނު ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންއިން ހިންގާ ޕްރޮގްރާމްތަކާއި ތަމްރީންތަކުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއަށް އެހީތެރިވެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. އަދި ހެލްތު އެންޑް ފިޓްނަސްގެ ދާއިރާއިން މީހުން ބިނާކުރުމުގައި ކުޅިވަރު ވުޒާރާއަށް ބައިވެރިވެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް ވާހަކަދެކެވުނެވެ.
މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން އިން ވަނީ ވަޒީރު ރާފިޢު ސިއްހީ ދާއިރާގެ ބޭފުޅުންނާ ބަހައްޓަވާ ގާތްކަމަށާއި، ކުޅިވަރުގެ ތެެރެއިން ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް ދެއްވާ އެއްބާރުލުން ފާހަގަކުރައްވާ ވަޒީރަށް ޝުކުރުއަދާކޮށްފަ އެވެ.