ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ދަނގެތި ދާއިރާގެ މެންބަރު ޢަބްދުﷲ ރަޝީދު އާއި އދ. ދަނގެތި ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި މެންބަރު ޢަބްދުﷲ ރަޝީދު ވަނީ ދަނގެތި ދާއިރާގެ ކުޅިވަރުގެ ހާލަތު ވަޒީރުއާ ހިއްސާކުރައްވާފައެވެ. އަދި އެ ދާއިރާއަށް ބޭނުންވާ ކުޅިވަރު ވަސީލަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދަނގެތި ކައުންސިލުން ވަނީ އެ ރަށުގައި ރިސޯޓް ވޮލީބޯޅަ މުބާރާތް ބޭއްވުމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި މިނިސްޓްރީއާ ގުޅިގެން މި މުބާރާތް ކާމިޔާބުކަމާއިއެކު ކުރިއަށް ގެންދެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.