ވަޒީރު ރާފިޢު، އދ.ފެންފުށީ ކައުންސިލާ ބައްދަލުކުރައްވައިފި

20 އޯގަސްޓު 2024

އދ.ފެންފުށީ ކައުންސިލުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާ ބައްދަލުކުރައްވައިފި އެވެ.
ކުޅިވަރު ވުޒާރާގައި އޮތް މި މި ބައްދަލުކުރެއްވުމުގައި، އެ ރަށުގައި ކުރިއަށް ގެންދަން ނިންމާފައިވާ ކުޅިވަރު މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ. މީގެ އިތުރުން މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި، އެ ރަށަށް ބޭނުންވާ އެހެން ކުޅިވަރު ވަސީލަތްތަކާ ގުޅޭ މައުލޫމާތުވެސް ފެންފުށީ ކައުންސިލުން ވަނީ ވަޒީރު ރާފިޢު ހިއްސާކުރައްވާފަ އެވެ.
ކުޅިވަރު ވަޒީރު ރާފިޢު ވަނީ، އދ. ފެންފުށީ ކައުންސިލުން ހުށަހެޅި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދެއްވާނެކަމަށް ވިދާޅުވެފަ އެވެ.