"ވަކި ރަށެއް، ވަކި ސަރަހައްދެއް ތަފާތު ކުރުމެއް ނެތި ކުޅިވަރުގެ މަޝްރޫޢުތައްް ކުރިއަށްގެންދާނަން"

15 އޯގަސްޓު 2024

ރާއްޖޭގެ ވަކި ރަށެއް، ވަކި ސަރަހައްދެއް ތަފާތު ކުރުމެއް ނެތި ކުޅިވަރުގެ މަޝްރޫޢުތައް ސަރުކާރުން ކުރިއަށްގެންދާނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.
ކުޅިވަރު ވަޒީރު، ޢަބްދުﷲ ރާފިޢު މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ވަޒީރު ވިދާޅުވީ ކުޅިވަރުގެ މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި ސަރުކާރުން ތަފާތު ކުރުމެއް ނުގެންގުޅުއްވާނެކަމަށާއި، ރާއްޖޭގެ ވަކި ރަށެއް، ވަކި ސަރަހައްދެއް ތަފާތު ކުރުމެއް ނެތި ކުޅިވަރުގެ މަޝްރޫޢުތައް ސަރުކާރުން ކުރިއަށްގެންދާނެކަމަށެވެ. އޭނާ ވިދާޅުވީ ކުޅިވަރަކީ އެންމެން އެއްބައިވަންތަ ކުރާ އެއްޗެއްކަމަށާއި، ސަރުކާރުންވެސް މަސައްކަތްކުރާނީ ކުޅިވަރުގެ ރޫހާ އެއްގޮތަށް ކަމަށެވެ.
ރާފިޢު ވިދާޅުވީ ސަރުކާރުން ކުޅިވަރަށް ދެއްވާ އަހަމިއްޔަތުކަން ބޮޑުކަމަށާއި، ގިނަ މަޝްރޫޢުތަކެއްވެސް މުޅި ރާއްޖޭގައި މިވަގުތު ހިނގަމުން އަންނަކަމަށެވެ.