ވާޒީރު ރާފިޢު، ގެމަނަފުށި ކައުންސިލާ ބައްދަލުކުރައްވައިފި

22 އޯގަސްޓު 2024

ގއ. ގެމަނަފުށީ ކައުންސިލާ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައްދަލުކުރައްވައިފި އެވެ.
ކުޅިވަރު ވުޒާރާގައި ކުރިއަށްދިޔަ ބައްދަލުވުމުގައި ގެމަނަފުށީގައި މިވަގުތު ކުރިއަށްދާ މަޝްރޫޢުތަކުގެ އިތުރުން އެރަށަށް ބޭނުންވާ އެހެން ކުޅިވަރު ވަސީލަތްތަކާ ގުޅޭ މައުލޫމާތުވެސް ގެމަނަފުށި ކައުންސިލުން ވަނީ ވަޒީރާ ހިއްސާކުރައްވާފަ އެވެ.
މީގެ އިތުރުން އެރަށުގައި މިހާރު ކުރިއަށްދާ އެކި މަޝްރޫޢުތައް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފަ އެވެ.