ތ. ކަނޑޫދޫ ކައުންސިލާ، ވަޒީރު ރާފިޢު ބައްދަލުކުރައްވައިފި

13 މޭ 2025

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ތ.ކަނޑޫދޫ ކައުންސިލާ ބައްދަލުކުރައްވައިފި އެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ކަނޑޫދޫގެ ކުޅިވަރުގެ ހާލަތާ ގުޅޭ މައުލޫމާތު ކައުންސިލުން ވަނީ ވަޒީރު ރާފިޢުއާ ހިއްސާކުރައްވާފަ އެވެ. އަދި މިވަގުތު އެ ރަށުގައި ކުރިއަށްދާ ކުޅިވަރު މަޝްރޫޢުތަކާއި، އެ ރަށަށް ބޭނުންވާ ކުޅިވަރުގެ ކަންކަންވެސް ކައުންސިލްުން ހިއްސާކުރެއްވި އެވެ.
މި ބައްދަލުވުމުގައި ވަޒީރު ރާފިޢު ވަނީ އެ ރަށުން ފާހަގަކޮށްފައިވާ ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް އެހީތެރިވެދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި ސަރުކާރުގެ ބަޖެޓުގައި ހިމަނައިގެން މި އަހަރު އެ ރަށުގައި ކުރިޔަށްގެންދަން ހަމަޖެހިފައިވާ ކުޅިވަރު މަޝްރޫޢުތަކުގެ މައުލޫމަތުވެސް ވަޒީރު ވަނީ ކައުންސިލާ ހިއްސާކުރައްވާފަ އެވެ.