ސްޓޭންޑާޑް ފަސްޓް އެއިޑް ކޯސް ނިންމައި ސެޓްފިކެޓް ހަވާލުކޮށްފި

14 އޯގަސްޓު 2025

ކުޅިވަރުގެ ދާއިރާއިން ޒުވާނުން ތަމްރީނުކޮށް، ކުރިއެރުވުމުގެ ގޮތުން މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން ރާވާ ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން ސްޓޭންޑާޑް ފަސްޓް އެއިޑް ކޯސް ނިންމައި، ސެޓްފިކްޓް ހަވާލުކޮށްފިއެވެ.
މިއީ ސްޕޯޓްސް މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ހިންގަމުން އަންނަ، މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އިން މިމަހުގެ 12 އިން ފެށިގެން އޮގަސްޓް 14ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ކޯހެކެވެ.
ކޯސް ނިމުމުގެ ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުލް ރައްޒާގު އިބްރާހީމް އާއި އިބްރާހިމް އާމިރުގެ ބައިވެރިވެވަޑައިގެންނެވިއެވެ.
މި ކޯހަކީ ކުޅިވަރު ދާއިރާގައި މަސައްކަތްކުރާ މެޑިކަލް އޮފިސަރުންނާއި، މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ކޯހެކެވެ.