ސްޓޭންޑާޑް ފަސްޓް އެއިޑް ކޯހެއް ފަށައިފި!

12 އޯގަސްޓު 2025

ކުޅިވަރުގެ ދާއިރާއިން ޒުވާނުން ތަމްރީނުކޮށް، ކުރިއެރުވުމުގެ ގޮތުން މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން ރާވާ ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން، ސްޓޭންޑާޑް ފަސްޓް އެއިޑް ކޯހެއް ފަށައިފިއެވެ.
މިއީ ސްޕޯޓްސް މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ހިންގަމުން އަންނަ، މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އިން މިމަހުގެ 12 އިން ފެށިގެން އޮގަސްޓް 14ގެ ނިޔަލަށް ކުރިއަށް ގެންދާ ކޯހެކެވެ.
މި މުހިންމު ތަމްރީނު ޕްރޮގްރާމުގައި ޚާއްޞަ 33 ބައިވެރިން ބައިވެރިވިއެވެ.
ކޯސް ހުޅުވުމުގެ ރަސްމިއްޔާތުގައި ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ފަޒްލާގެ އިތުރުން ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު މުންޠިފް އަޙްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ކޯހަކީ ކުޅިވަރު ދާއިރާގައި މަސައްކަތްކުރާ މެޑިކަލް އޮފިސަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ.