އިންގްލެންޑް އަދި
ލިވަޕޫލްގެ ކުރީގެ ކީޕަރ ޑޭވިޑް ޖޭމްސް މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ގާލާ
ނައިޓްގައި ބައިވެރިވުމަށް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެއެވެ.
މޯލްޑިވްސް ސްޕޯޓްސް
އެވޯޑްސް ގާލާ ނައިޓްގައި ބައިވެރިވުމަށް ޑޭވިޑް ޖޭމްސް ރާއްޖެ އަންނާނެކަން އިޢުލާންކޮށްފައިވާއިރު،
ޕެރަލިމްޕިކް ރަން މެޑަލް އެތުލީޓު މާލޯ ވެން ރީން ވެސް ސްޕޯޓްސް އެވޯޑް
ނައިޓުގައި ބައިވެރިވުމަށް ރާއްޖެ އަންނަ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ޑޭވިޑް ޖޭމްސް އަކީ މިހާރު
ސްކައި ސްޕޯޓްސްގެ ފުޓުބޯޅަ ކަވަރޭޖުގައި މަސައްކަތް ކުރަމުން އަންނަ އެނަލިސްޓެކެވެ.
މޯލްޑިވްސް ސްޕޯޓްސް
އެވޯޑްސް ހަފްލާގައި ބައިވެރިވާނެ ލެޖެންޑުން އިއުލާން ކުރަން ފަށާފައިވާއިރު
ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި މި އެވޯޑް ނައިޓަށް ރާއްޖޭ އަންނާނެ އިތުރު
ކުޅިވަރު ލެޖެންޑުން ހާމަކުރަމުން ގެންދާނެއެވެ.