ސްޕެޝަލް
އޮލިމްޕިކްސް ވޯލްޑް ގޭމްސް އިން ކާމިޔާބީ ހޯދި ރާއްޖޭގެ ސްޕެޝަލް އޮލިމްޕިކްސް
ޓީމަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ސްޕެޝަލް
އޮލިމްޕިކްސް ވޯލްޑް ގޭމްސް ކުރިޔަށްދިޔައީ ޖޫން މަހުގެ 17 އިން 25 ގެ ނިޔަލަށް
ޖަރުމަނުގެ ބާލިންގައެވެ.
ސްޕެޝަލް
އޮލިމްޕިކްސް ޓީމުގެ ކުޅުންތެރިންނަށް މަރުހަބާ ކިޔުމުގެ ގޮތުން ޖުމްހޫރީ މައިދާން
ހިމެނޭ ސަރަހައްދަށް ސަރުކާރުގެ އިސްވެރިންނާއި ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިންނާއި،
ކުޅިވަރު ގައުމީ ޓީމްތަކުގެ ކުޅުންތެރިން ހިމެނޭހެން ގިނަ ބަޔަކު އެ ސަރަހައްދަށް އެއްވިއެވެ.
ޖުމްހޫރީ
މައިދާނުން ސްޕެޝަލް އޮލިމްޕިކްސް ޓީމަށް މަރުހަބާ ދެންނެވީ މިނިސްޓަރ އޮފް ޔޫތު،
ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަޚްލޫފްއެވެ. ސަގާފީ ހިނގުމަކާ
އެކު، ޖުމްހޫރީ މައިދާނުން އެތުލީޓުން ދިޔައީ ރައީސް އޮފީހަށެވެ. އެތަނުން އެތުލީޓުންނަށް
މަރުހަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި އެމަނިކުފާނުގެ
އަނބިކަނބަލުން ފަޒްނާ އަޙްމަދު ރައީސް އޮފީހުގެ ބޭރަށް ނުކުމެވަޑައިގެން ހުންނެވިއެވެ.
ސްޕެޝަލް
އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ރާއްޖެއަށް ރަން މެޑަލް ހޯދައި ދިނީ 100 މީޓަރު ދުވުމުގައި
ވާދަކުރި އައިޝަތު ލައިކާ ހުސައިނާއި ބެޑްމިންޓަންގައި އައިޝަތު މާނިޔާ އާދަމެވެ.
ސްޕްރިންޓް 100 މީޓަރުގެ ފައިނަލުގައި ވާދަކޮށް ރާއްޖޭގެ ޒާނާ
އަލީ ޝަރީފް ވެސް ވަނީ ބްރޯންޒް މެޑަލް ހޯދާފައެވެ.