ސިންގަޕޫރުގައި އޭޝިއާ/އޯޝަނިއާ އެންޓި-ޑޯޕިންގ އެޑިއުކޭޝަން ސިމްޕޯސިއަމްއެއް ބާއްވައިފިއެވެ.
މި ސިމްޕޯޒިއަމް ބާއްވާފައިވަނީ ޖުލައި މަހުގެ 26 އިން 27 އަށް ކްލާކް ކުއީގައި ހުންނަ ޕެރަޑޮކްސް
ސިންގަޕޫރު މާޗެންޓް ކޯޓުގައެވެ.
މިނިސްޓްރީ އޮފް ކަލްޗާ، ކޮމިއުނިޓީ އެންޑް ޔޫތު (އެމްސީސީވައި)
އާއި ސައުތުއީސްޓް އޭޝިއާ ރީޖަނަލް އެންޓި ޑޯޕިން އެޖެންސީ (ސީރާޑޯ) އަދި ވޯލްޑް
އެންޓި ޑޯޕިން އެޖެންސީ (ވާޑާ) ގުޅިގެން ބޭއްވުނު މި ސިމްޕޯޒިއަމް އަކީ ތައުލީމުގެ
ދައުރު ކުރިއެރުވުމަށް ބޭއްވުނު ބައިނަލްއަގުވާމީ އިތުރު ޕްލެޓްފޯމެކެވެ.
މި ސިމްޕޯޒިއަމްގައި އެންޓި ޑޯޕިން ޓެކްނިކަލް އެކްސްޕާޓުންނާއި ޕްރެކްޓިޝަނަރުންނާއި ކުޅިވަރު އޮފިޝަލުންނާއި އިންޓަނޭޝަނަލް ފެޑެރޭޝަންތަކާއި ރީޖަނަލް އެންޓި ޑޯޕިން އޯގަނައިޒޭޝަންގެ މަންދޫބުން ހިމެނޭ ގޮތަށް 100 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވެއެވެ.
ދިވެހިރާއްޖެއިން މި ސިމްޕޯޒިއަމްގައި ބައިވެރިވެވަޑައިގެންނެވީ މޯލްޑިވްސް ނެޝަނަލް އެންޓި ޑޯޕިންގ އެޖެންސީ (މަނާޑާ) ގެ އެސިސްޓަންޓް ޑިރެކްޓަރ ޝިއުނާ ޚާލިދާއި ޕްރޮގްރާމް އޮފިސަރ ރިޝްމާ ފާރޫޤްއެވެ.
މި ސިމްޕޯޒިއަމްގެ
މަޤުސަދަކީ ސާފު ކުޅިވަރު ތައުލީމުގައި އެންޓި ޑޯޕިން ކެޕޭސިޓީއާއި ކެޕޭސިޓީ ބިލްޑިންގ
އިތުރުކުރުމުގައި އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުމުގެ އިތުރުން، ސާފު ކުޅިވަރުގެ
ތައުލީމީ ޕްރޮގްރާމްތައް އެކުލަވާލައި ފޯރުކޮށްދިނުމުގައި އޭޝިއާ-އޯޝެނިއާގެ ސްޓޭކްހޯލްޑަރުންގެ
މެދުގައި އެއްބާރުލުން ދިނުމެވެ.
‘އިންޓަނޭޝަނަލް ސްޓޭންޑަރޑް ފޯ އެޑިއުކޭޝަން (އައިއެސްއީ)
އިން އެކްޝަން: އިމްޕްލިމެންޓިންގ ތިއަރީ އިންޓް ޕްރެކްޓިސް ވިތު އަ ޕާޕަސް’ ގެ ތީމްގައި
ކުރިއަށް ގެންދިޔަ މި ސިމްޕޯޒިއަމްގެ މުހިންމު ކަންތައްތަކުގެ ތެރޭގައި ސްޕޯޓްސް އިން
ތަޖުރިބާކާރުން ހިއްސާކުރުން އަދި އެންޓި ޑޯޕިންގ އެޑިއުކޭޝަން،
އެތުލީޓް އެންޓި ޑޯޕިންގ އެކްސްޕީރިއަންސް، ކްލީން ސްޕޯޓް ޕްރޮމޯޝަން އާއި ބެހޭ ޕެނަލް
ޑިސްކަޝަންސް، ވެލިއު ބޭސްޑް އެޑިއުކޭޝަންގެ ހަރަކާތްތަކާއި ތައުލީމީ ޕްރޮގްރާމްތައް
ހިންގުމާ ބެހޭ ޕްރެކްޓިކަލް އަދި އިންޓަރެކްޓިވް ހެންޑްސް އޮން ސެޝަންތައް ވެސް
ކުރިއަށް ގެންގޮސްފައިވެއެވެ.