ރ.ކިނޮޅުހުގައި ނެޝަނަލް ވޮލީބޯލް ރެފްރީސް ޓްރެއިނިންގ ކޯހެއް ކުރިޔަށް ގެންގޮސްފި

02 މޭ 2023

ކުޅިވަރުގެ ދާއިރާއިން ޒުވާނުން ކުރިއެރުވުމަށް ރ. ކިނަޅޮހުގައި ނެޝަނަލް ވޮލީބޯލް ރެފްރީސް ޓްރެއިނިންގ ކޯހެއް ކުރިޔަށް ގެންގޮސްފިއެވެ.
މި ކޯސް ކުރިޔަށް ދިޔައީ 25 އޭޕްރިލް 2023 އިން 1 މެއި 2023 ގެ ނިޔަލަށެވެ. މި ކޯހުގައި ޖުމްލަ 19 ބައިވެރިން ވަނީ ބައިވެރިވެފައެވެ. އެއީ 5 އަންހެން ބައިވެރިންނާއި 14 ފިރިހެން ބައިވެރިންނެވެ.
ކޯހުގެ މަޤްސަދަކީ ވޮލީބޯލް ރެފްރީން ކުރިއެރުވުމަށް ރެފްރީން އުފައްދައި، މަދަރުސީ ދައުރުން ފެށިގެން މިކުޅިވަރަށް ކުދިން އަހުލުވެރި ކުރުވާނެ ރެފްރީން ތަމްރީން ކުރުމެވެ. 
7 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މިކޯހުގައި ވޮލީބޯލް ރެފްރީންގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކަންކަމަށް ބައިވެރިން ތަމްރީން ކުރެވުނެވެ. އަދި ކުޅިވަރުގެ އަސާސީ ކަންކަމަށާއި އަޚްލާގް ދެމެހެއްޓުމަށް ތަމްރީންތަކުގައި އިސްކަންދެވިފައިވެއެވެ.
މިކޯހުގެ އިންސްޓްރަކްޓަރުންގެ ގޮތުގައި ކިޔަވައިދެއްވީ ވޮލީބޯލް ރެފްރީންގެ ތަޖުރިބާކާރު ރެފްރީއެއް ކަމައްވާ އަހްމަދު ސަލީމެވެ.