އިންޓަރ ރިސޯޓް ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު، ކޮމިޝަނަރ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ޝަރަފްވެރިކޮށްދެއްވައިފި އެވެ.
ބަނޑޮސް އައިލެންޑް ރިސޯޓްގައި ކުރިއަށްދިޔަ ރިސޯޓް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކުރީ ބަނޑޮސް މޯލްޑިވްސް އާއި ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓެވެ. މި މެޗު 3-2 ސެޓުން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ބަންޑޮސް މޯލްޑިވްސް އެވެ.
މި މެޗުން މޮޅުވި ނަމަވެސް މުބާރާތުގެ ޒޯން ފައިނަލުގައި ބަނޑޮސް ވަނީ ރީތިރަށް އަތުން ބަލިވެފަ އެވެ.
ރިސޯޓް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ޓީމަށް ޓްރޮފީ ހަވާލްކޮށްދެއްވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލް އެވެ.