ރ.އިނގުރައިދޫގައި ހޭންޑްބޯލް ޖޫނިއަރސް ރެފްރީސް ކޯހެއް ފަށައިފި

09 އޯގަސްޓު 2023

ރ.އިނގުރައިދޫގައި ހޭންޑްބޯލް ޖޫނިއަރސް ރެފްރީސް ކޯހެއް ފަށައިފިއެވެ.
މި ކޯހަކީ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ހޭންޑްބޯލް މޯލްޑިވްސް އަދި މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އަދި މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްއާއި ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ.
މި ކޯހުގެ މަޤްސަދަކީ ހޭންޑްބޯލް ކުރިއެރުވުމަށް ރެފްރީން އުފައްދައި، މަދަރުސީ ދައުރުން ފެށިގެން މިކުޅިވަރަށް ކުދިން އަހުލުވެރި ކުރުވާނެ ރެފްރީން ތަމްރީން ކުރުމެވެ.
މިކޯހަކީ ރ.އަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ކޯހެކެވެ. މީގެ އިތުރުން ޅ.ހިންނަވަރު ކައުންސިލްގެ އެދުމުގެ މަތިން މިކޯހުގައި ބައިވެރިވުމުގެ ފުރުސަތުވަނީ އެރަށަށް ހުޅުވާލެވިފައެވެ.
ދިހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިކޯހުގައި ހޭންޑްބޯލްގެ ރެފްރީއެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކަންކަމަށް ބައިވެރިން ތަމްރީން ކުރެވޭނެއެވެ. މި ކޯހުގެ މަޤްސަދަކީ ހޭންޑްބޯލް ކުރިއެރުވުމަށް ރެފްރީން އުފައްދައި، މަދަރުސީ ދައުރުން ފެށިގެން މިކުޅިވަރަށް ކުދިން އަހުލުވެރި ކުރުވާނެ ރެފްރީން ތަމްރީން ކުރުމެވެ.
މިކޯހުގެ އިންސްޓްރަކްޓަރުންގެ ގޮތުގައި ކިޔަވައި ދެއްވާނީ އަބްދުﷲ ސަމީހުއާއި ޝިޒްނާ ރަޝީދުއެވެ.