"އޭޝިއަން ސާރފިންގ ޗެމްޕިއަންޝިޕް
2023" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުއްވައިދެއްވައިފިއެވެ.
މިމުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ ކ.ތުލުސްދޫގައެވެ.
މި މުބާރާތަކީ އިންޓަރނޭޝަނަލް ސާރފިން އެސޯސިއޭޝަންގެ އޭޝިއަން ސާރފިންގ ފެޑެރޭޝަން
އަދި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓާއި މޯލްޑިވްސް
ސާރފިންގ އެސޯސިއޭޝަން ގުޅިގެން ބާއްވާ މުބާރާތާކެއެވެ. މިމުބާރާތް ކުރިޔަށްދާނީ، ޖުލައި
8 އިން 17 އަށެވެ.
މިމުބާރާތް ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ
ނައިބު ފައިޞަލް ނަސީމާއި، މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް
އަޙްމަދު މަޚުލޫފް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އޭޝިއާ ސާރފިންގ ފެޑެރޭޝަންގެ
ރައީސާއި މުބާރާތުގައި ބައިވެރިވި ޤައުމުތަކުގެ އެތުލީޓުން ވަނީ ބައިވެރިވެފައިވެއެވެ.
އޭޝިއަން ސާރފިންގ ޗެމްޕިއަންޝިޕްއަކީ، 2004ވަނަ އަހަރުން ފެށިގެން
އޭޝިއާގެ ހުރިހާ ޤައުމުތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ އޭޝިއާގެ އެންމެ ބޮޑު
ރާޅާއެޅުމުގެ މުބާރާތެވެ. މިއަހަރުގެ މުބާރާތުގައި، ދުނިޔޭގެ 18 ޤައުމަކުން ވަނީ ބައިވެރިވެފައެވެ.