ރާއްޖޭގެ އެކި ހިސާބުތަކުގައި 192 ކުޅިވަރު މަޝްރޫޢު ކުރިއަށްއެބަދޭ! އައު

08 މޭ 2025

ރާއްޖޭގެ އެކި ހިސާބުތަކުގައި މިވަގުތު ކުޅިވަރާއި ގުޅުންހުރި 192 މަޝްރޫޢު ކުރިއަށްއަށްދާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފި އެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއަކީ ސަރުކާރުގެ ވުޒާރާތަކުގެ ތެރެއިން އެންމެ ގިނަ މަޝްރޫޢުތައް ކުރިއަށްގެންދާ ވުޒާރާއެވެ. މިގޮތުން ކުޅިވަރާއި، ފިޓްނަސް އަދި ރެކްރިއޭޝަންއާ ގުޅުންހުރި 192 މަޝްރޫއުއެއް މިވަގުތު ހިނގަމުން އެބަދެއެވެ. އޭގެ ތެރޭގައި ކޮންޓްރެކްޓްކުރެވިފައި ހުރި މަޝްރޫޢުތައްވެސް ހިމެނެއެވެ.
ކުޅިވަރުގެ ދާއިރާއިން ރާއްޖޭގެ އެކި ރަށްތަކުގައި ހިނގަމުންދާ ނުވަތަ ކުރިއަށް ގެންދިޔުމަށް ކަނޑައަޅާފައިވާ މަޝްރޫޢުތަކުގެ އަދަދު 551އަށް އަރައެވެ.
ނޮވެމްބަރު 2023 އިން ފެށިގެން މިއަދާ ހަމައަށް ކުޅިވަރުގެ 50 މަޝްރޫޢުއެއް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި މުޅިން އަލަށް ފަށައިގެން ނިންމާފައިވާ މަޝްރޫޢުތައްވެސް ހިމެނެއެވެ. މީގެ އިތުރުން މި އަހަރު 377 ކުޅިވަރު މަޝްރޫޢުއެއް ފެށުމަށްވަނީ ހަމަޖެހިފައެވެ.