ޕެރަލިމްޕިކްސްގައި ދިވެހި ދެ އެތުލީޓުން ބޮޑު ކުރިއެރުމެއް ހޯދައިފި

04 ސެޕްޓެމްބަރު 2024

ފްރާންސްގެ ވެރިރަށް ޕެރިސްގައި ކުރިއަށްދާ ޕެރަލިމްޕިކްސް 2024ގައި ވާދަކުރި ދިވެހި ދެ އެތުލީޓުން ބޮޑު ކުރިއެރުމެއް ހޯދައިފި އެވެ.
ޕެރަލިމްޕިކް ގޭމްސްގައި މިފަހަރު ދިވެހިރާއްޖެ ތަމްސީލުކުރީ ދެ ދުވުންތެރިން ކަމަށްވާ ފާތިމަތު އިބްރާހީމް (ފާތުން) އާއި އަބްދުއްރައްޒާގު އަބްދުއްސަމަދު އެވެ.
މި ގޭމްސްގައި ފާތިމަތު އިބްރާހިމް ވާދަކޮށްފައިވަނީ 100 މީޓަރު ދުވުމުގަ އެވެ. އޭނާ ވަނީ 17:10 ސިކުންތުން ރޭސް ނިންމައި މި އިވެންޓުގައި ގައުމީ ރެކޯޑެއްވެސް ހަދާފަ އެވެ.
އަބްދުއްރައްޒާގު ވާދަކޮށްފައިވަނީ ޓީ11-ޓީ13ގެ 100 މީޓަރު ދުވުމުގަ އެވެ. އޭނާ ވަނީ 14.46 ސިކުންތުން ރޭސް ނިންމައި، އޭނާގެ ކެރިއަރުގެ ބެސްޓް ޓައިމިން ހާސިލްކޮށްފަ އެވެ.
ފާތުން އާއި ރައްޒާގު ވަނީ މިދިޔަ އަހަރު މަޑަގަސްކަރައިގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކޮށް ބްރޯންޒް މެޑަލް ހޯދާފަ އެވެ.