މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ (މަނާޑާ)
އިން އިންތިޒާމްކޮށްގެން ޕެރަލިމްޕިކް އެތުލީޓުން އެންޓި ޑޯޕިން އެޑިއުކޭޝަނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިޔަށްގެންގޮސްފިއެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އާއި ގުޅިގެން މި ޕްރޮގްރާމް ކުރިޔަށްގެންގޮސްފައިވަނީ 28 ޖަނަވަރީ
2024 ގައެވެ.
މި ސެޝަންގައި 21 ބައިވެރިން ވަނީ ބައިވެރިވެފައިވެއެވެ.
އެއީ 19 އެތްލީޓުންނާއި އެކު އެ އެތްލީޓުންގެ އެހީތެރިންނާއި ކޯޗުންނެވެ.
މި ސެޝަންގައި އަލިއަޅުވައިލައްވާފައި ވަނީ އެންޓި-ޑޯޕިންގެ މުހިންމު ކަމާއި، ޓެސްޓިންގ ގެ މުހިންމުކަމާއި އެންޓި-ޑޯޕިންގ އެޑިއުކޭޝަން އަދި އެތްލީޓުންގެ ޙައްޤުތަކާއި މަސްއޫލިއްޔަތުގެ މުހިންމުކަމަށެވެ.
މިސެޝަން ކުރިޔަށް ގެންގޮސްދެއްވީ ސައުތް އޭޝިއާ ރީޖަނަލް އެންޓި-ޑޯޕިންގ
އޯރގަނައިޒޭޝަންގެ ޑިރެކްޓަރ ޖެނަރަލް މުހައްމަދު މާހިދު ޝަރީފް އެވެ.