"ޕީސްޑް ޓުގެދާ" ރަންގައި ވަޒީރު ރާފިޢު ބައިވެރިވެ ވަޑައިގަންނަވައިފި އައު

18 ޖެނުއަރީ 2025

"ޕީސްޑް ޓުގެދާ" ދުވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ  ރާފިޢު ބައިވެރިވެ ވަޑައިގަންނަވައިފި އެވެ. 
"ޕީސްޑް ޓުގެދާ" ދުވުމަކީ ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލްގައި އޯލެވެލް ހަދަމުން އަންނަ ފަސް ދަރިވަރަކު އިސްނަގައިގެން، ކެއާ ސޮސައިޓީ އޮފް މޯލްޑިވްސްއާ ގުޅިގެން ކުރިއަށްގެންދިޔަ ދުވުމެކެވެ. 
މި ދުވުމުގެ މައިގަނޑު މަގުސަދަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަކީ މުޖުތަމަޢުގެ މުހިންމު ބައެއްގެ ގޮތުގައި ފާހަގަކޮށް. އެކި އެކި ކަންކަމުގައި އެކުދިން ބައިވެރިވުން އިތުރުކުރުމަށް ބާރުއެޅުމުގެ ކުރިއަށްގެންދިޔަ ދުވުމެކެވެ. 
މި ދުވުން ޝަރަފްވެރިކޮށްދެއްވައި ވަޒީރު ރާފިޢު ދެއްކެވި ވާހަކަފުޅުގައި އޭނާ ވަނީ ޒުވާނުން އިސްނަގައިގެން މިކަހަލަ ހަރަކާތްތައް ހިންގުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އަދި މި ކަހަލަ ދުވުންތަކަކީ މުޖުތަމަޢުގެ ދުޅަހެޔޮކަމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވައި ވަޒީރު ރާފިޢު ވަނީ މި ދުވުން އިންތިޒާމްކުރި ފަސް ދަރިވަރުންގެ މަސައްކަތަށް ހިތްވަރު ދެއްވާފަ އެވެ.