އޫރިދޫ ފަން ރަންގައި މިނިސްޓަރ ރާފިޢު ބައިވެރިވެވަޑައިގެންފި

05 ޖުލައި 2024

ލ. އަތޮޅުގައި ކުރިއަށްދިޔަ "އޫރިދޫ ފަން ރަން" ގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގެންފި އެވެ.
ގިނަ ހަރަކާތްތަކަކާއިއެކު ކުރިއަށްދިޔަ "އޫރިދޫ ފަން ރަން" ގައި މިނިސްޓަރ ރާފިޢުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރާއި، ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވަނީ ބައިވެރިވެވަޑައިގެންނެވި އެވެ. އަދި މި ވަގުތު ރާއްޖެއަށް އައިސްއުޅޭ ފްރާންސްގެ މަޝްހޫރު ކުލަބު ޕީއެސްޖީގެ ލެޖެންޑް ޖޭޖޭ އޮކޯޗާވެސް މި ރަންގައި ބައިވެރިވި އެވެ.
"އޫރިދޫ ފަން ރަން" އަކީ ކޮންމެ އަހަރަކު އުރީދޫއިން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަޤުބޫލު އެއް ހަރަކާތެވެ. މިއަހަރުގެ ފަން ރަންގައި ދެހާހެއްހާ މީހުން ބައިވެރިވި އެވެ.