ނަމެއްގައި ބައިވެރިވުން ނިމުމަކަށް ގެނެއްސި، މިހާރު ޓީމްތަކުގެ އަމާޒަކީ ވަނަ ހޯދުން - ވަޒީރު ރާފިޢު

05 ސެޕްޓެމްބަރު 2024

މުބާރާތްތަކުގައި ނަމެއްގައި ބައިވެރިވާން ދާ ދިޔުން މިހާރު ނިމުމަކަށް ގެނެވިއްޖެކަމަށާއި، މިހާރު ހުރިހާ ކުޅިވަރަކުންވެސް މުބާރާތްތަކުގައި ވާދަކުރަނީ ވަނަ ހޯދަންކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.
ގައުމީ އަންހެން ވޮލީބޯޅަ ޓީމްގެ ކުޅުންތެރިންނަށް ޖާޒީ ހަވާލްކުރުމަށް އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ ދިވެހިރާއްޖޭގެ ކުޅިވަރުތަކުން މީގެ ކުރީގައި މީގެ ކުރިން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރަނީ ހަމަ ނަމެއްގައި ބައިވެރިވެލާ އުސޫލުންކަމަށެވެ. ނަމަވެސް މިހާރު އެކަން ބަދަލުވެއްޖެކަމަށާއި، މިހާރު އެންމެންވެސް ބައިވެރިވަނީ ވަނަ ހޯދަން ކަމަށް އޭނާ ވިދާޅުވި އެވެ.
”އަޅުގަނޑުމެން ދެކޭ ގޮތުގައި ބައިވެރިވާން ބައިވެރިވުން މިހާރު ނިމުމަކަށް ގެނެއްސި މި ރާއްޖޭގެ ކުޅިވަރުތަކުން. އެހެންވީމަ މިހާރު އަޅުގަނޑުމެން މި ބައިވެރިވަނީ ވަނަ ހޯދަން."
ގައުމީ އަންހެން ވޮލީބޯޅަ ޓީމް މިހާރު ތައްޔާރުވަމުންދަނީ މާދަމާ ފަށާ ކާވާ ވޮލީބޯޅަ ޗެލެންޖަށެވެ. މި މުބާރާތުގައި ސެންޓްރަލް އޭޝިއާގެ ހަތަރު ގައުމަކުން ވާދަކުރެ އެވެ. އެއީ ކިރިގިސްތާން، އަފްގާނިސްތާން އަދި ތަޖިކިސްތާން އެވެ.