މޯލްޑިވްސް ޕްރޯގެ ސްޕޮންސަރުން އިއުލާންކޮށް ޓްރެއިލާ ލޯންޗްކޮށްފި

15 ޖުލައި 2024

އޮގަސްޓް އެއްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ޕްރޯ 2024ގެ ސްޕޮންސަރުން އިއުލާންކޮށް، ރަސްމީ ޓްރެއިލާ ލޯންޗްކޮށްފި އެވެ.
އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ވޯލްޑް ޓުއާގައި ހިމެނޭ މޯލްޑިވްސް ޕްރޯ އަކީ ރާއްޖޭގައި ބޭއްވޭ ބޮޑީބޯޑިންގެ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތުގެ ރަސްމީ ޓްރެއިލާ ލޯންޗްކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢު އެވެ.
ޒުވާނުންގެ މަރުކަޒުގައި އޮތް ރަސްމިއްޔާތުގައި މިއަހަރުގެ މުބާރާތުގެ ސްޕޮންސަރުންނާއި ޕާޓްނަރުން ވަނީ އިއުލާންކޮށްފަ އެވެ.
ވިޒިޓް މޯލްޑިވްސް ޕްރޯގައި މިއަހަރުވެސް ދުނިޔޭގެ ޗެމްޕިއަން ހިމެނޭހެން މަތީ ފަންތީގެ ގިނަ ބޮޑީބޯޑަރުން ވާދަކުރާނެ އެވެ. މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމްވެސް މިހާރު އަންނަނީ ގިނަ ތައްޔާރީތަކެއްވަމުންނެވެ.