"މޯލްޑިވްސް ޕްރޯ 2024" ލޯންޗްކޮށްދެއްވައިފި

10 ޖޫން 2024

އިންޓަރނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ބޮޑީބޯޑިން ވޯލްޑް ޓުއާގައި ހިމެނޭ "މޯލްޑިވްސް ޕްރޯ" ރަސްމީކޮށް ލޯންޗުކޮށްދެއްވައިފި އެވެ.
އޮގަސްޓު މަހުގެ 1-9 އަށް މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި އޮންނަ "މޯލްޑިވްސް ޕްރޯ އަކީ މިދިޔަ ދެ އަހަރުވެސް ކާމިޔާބުކަމާއިއެކު ބޭއްވި މުބާރާތެކެވެ.
"މޯލްޑިވްސް އޯޕަން" އަކީ އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ ދެވަނައަށް އެންމެ އަގުބޮޑު މުބާރާތެވެ. މިއަހަރުގެ މުބާރާތުގައި ތިން ކެޓަގަރީއެއް ކުރިއަށްދާނެ އެވެ. އެއީ ފިރިހެން އޯޕަން، އަންހެން އޯޕަން އަދި ޖޫނިއާ ކެޓަގަރީ އެވެ.
މުބާރާތުގެ ޕޯސްޓަރު ދައްކާލައި ރަސްމީކޮށް ލޯންޗުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ރާފިޢު ވިދާޅުވީ މިދިޔަ ދެ އަހަރުގެ ކާމިޔާބީއަކީވެސް މި ކުޅިވަރަށް ލިބުނު ބޮޑު ކުރިއެރުން ފެންނަކަމެއްކަމަށާއި، މިއަހަރުވެސް ރަނގަޅު ކާމިޔާބީތަކެއް މިއަހަރުވެސް ދިވެހި އެތުލީޓުން ހޯދާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.