"މޯލްޑިވްސް އޯޕަން 2024" -
10 ބޯލް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ޖާޒީ
ހަވާލުކޮށްފި އެވެ.
ގައުމީ ބިލިއާޑް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ 16 ކުޅުންތެރިންނާއި، އޮފިޝަލުންނަށް
ޖާޒީ ހަވާލުކޮށްދެެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.
މި ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ
އިބްރާހިމް ޢާމިރު އަދި ޑެޕިއުޓީ މިނިސްޓަރ ޙުސައިން ރައުޙަތު ޤުދުރަތުﷲ ގެ
އިތުރުން ބިލިއާޑް އެސޯސިއޭޝަންގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުން
މިނިސްޓަރ ރާފިޢު ވިދާޅުވީ، މި މުބާރާތުގައި ކުޅުންތެރިންގެ އަޒުމަކަށް ވާންޖެހޭނީ
މިދިޔަ އަހަރުގެ މުބާރާތައްވުރެއް ރަނގަޅު ކާމިޔާބެއް ހޯދުން ކަމަށެވެ. އަދި
ސަރުކާރުގެ އެދުމަކީ މުބާރާތައް ކުޅުންތެރިންނަށް ދެވެން އޮތް ބޮޑު ސަމާލުކަމެެއް
ދީގެން ރާއްޖެ ރަނގަޅު ނަތީޖާއެއް ހޯދައިދިނުން ކަމަށް މިނިސްޓަރ ރާފިޢު ވިދާޅުވި އެވެ.
މިމަހުގެ 25 އިން 30އަށް ކުރިއަށްދާ މޯލްޑިވްސް އޯޕަންގައި ޖުމްލަ 96 ކުޅުންތެރިން ވާދަކުރާނެ އެވެ. އޭގެ ތެރޭގައި ދުނިޔޭގެ 5 ޗެމްޕިއަނުން ހިމެނޭކަމަށް މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނުން މައުލޫމާތުދެ އެވެ.