މޯލްޑިވްސް އޯޕަން 2024 - 10 ބޯލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު ބައްލަވާލައްވައި، އިނާމް ދިނުމުގެ ރަސްމިއްޔާތު، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްޝަރަފްވެރިކޮށްދެއްވައިފި އެވެ.
މިއަހަރުގެ މޯލްޑިވްސް އޯޕަންގައި ދުނިޔޭގެ 24 ގައުމަކުން 90 އަށްވުރެ ގިނަ ކުޅުންތެރިން ވާދަކުރި އެވެ.
ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނުނު ފައިނަލުގައި ވާދަކުރީ ދުނިޔޭގެ ހަތްވަނަ ކުޅުންތެރިޔާ ގްރީސްގެ ކަޒަކިސް އެވެ. އޭނާއާ ދެކޮޅަށް ނުކުތީ ދުނިޔޭގެ ނުވަ ވަނައިގައި އުޅޭ އެސްޓޯނިއާގެ ޑެނިސް ގްރާބޭ އެވެ. މި މެޗުން ގްރާބޭ މޮޅުވީ 10-9 އިންނެވެ.
ފައިނަލް މެޗަށްފަހު ފައިނަލްގައި ވާދަކުރި ދެ ކުޅުންތެރިންނަށް ޓްރޮފީއާ މެޑަލް ހަވާލްކޮށްދެއްވީ މިނިސްޓަރ ރާފިޢު އެވެ.
މި އިވެންޓުގައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ އިތުރުން އެމްއެމްޕީއާރުސީގެ އެމްޑީ އިބްރާހިމް ޝިއުރީވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.