މޯލްޑިވްސް އޯޕަން 2024 - 10 ބޯލް ޗެމްޕިއަންޝިޕް، މިނިސްޓަރ ޢަބްދުﷲ ރާފިޢު ރަސްމީކޮށް ފަށްޓަވައިދެއްވައިފި އެވެ.
ދުނިޔޭގެ 26 ގައުމަކުން 90 އަށްވުރެ ގިނަ ކުޅުންތެރިން ވާދަކުރަމުން އަންނަ މޯލްޑިވްސް އޯޕަން ކުރިއަށްދަނީ މޯލްވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ މާލޭ ހޯލްގަ އެވެ.
މިމަހުގެ 25-30 އަށް ކުރިއަށްދާ މުބާރާތަކީ ވޯލްޑް ޕޫލް ބިލިއާޑް އެސޯސިއޭޝަނާއި، އޭޝިއަން ކޮންފެޑެރޭޝަން އޮފް ބިލިއާޑް ސްޕޯޓްސްއާ ގުޅިގެން ރާއްޖޭގެ ބިލިއާޑް އެސޯސިއޭޝަނުން ކުރިއަށްގެންދިޔަ މުބާރާތެކެވެ. މިދިޔަ އަހަރުވެސް މި މުބާރާތް ބޭއްވިއިރު، އެ ފަހަރު ރާއްޖެއިން ބޭރުން ވާދަކުރީ ސާޅީހަކަށް ކުޅުންތެރިންނެވެ. މިއަހަރު އޭގެ ދެ ގުނަ އަށް ކުޅުންތެރިން ވާދަކުރި އެވެ.
މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލް އާއި ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރުންގެ އިތުރުން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ އެމްޑީވެސް ބައިވެރިވެވަޑައިގެންނެވި އެވެ.