މޮޅެތި އެތުލީޓުން ބިނާ ކުރުމުގެ ދިގުރާސްތާ ޕްލޭންގެ ޑްރާފްޓް އެކުލަވާލައި، އިފްތިތާހު ކޮށްދެެއްވައިފި

24 ފެބްރުއަރީ 2024

މޮޅެތި އެތުލީޓުން ބިނާ ކުރުމުގެ ދިގުރާސްތާ ޕްލޭންގެ ޑްރާފްޓް އެކުލަވާލައި އިފްތިތާހު ކޮށްދެއްވައިފި އެވެ.
މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައި މޮޅެތި އެތުލީޓުން ބިނާ ކުރުމުގެ ދިގުރާސްތާ ޕްލޭންގެ ޑްރާފް ހުށަހަޅައިދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، އަބްދުﷲ ރާފިޢު އެވެ.
ރާއްޖޭގެ އެތުލީޓުންނަކީ ގާބިލް، ހުނަރުވެރި ބަޔަކަށް ހެދުމަށްޓަކައި އެކުލަވާލެވުނު ޕްލޭންގެ ތަފްސީލްތައް ހިއްސާކުރަމުން މިނިސްޓަރު ވިދާޅުވީ މިއީ ރާއްޖޭގެ އެތުލީޓުންނަށް ބައިނަލްއަގްވާމީ މައިދާނުގައި ރަން ވަނަތަކެއް ހޯދަން އަމާޒު ހިފައިގެން އެކުލަވާލާ ޕްލޭންއެއް ކަމަށެވެ. މި ޕްލޭން އާއިއެކު ކުޅިވަރު ކުރިއަރުވައި، އެތުލީޓުންގެ ތަމްރީންތަކާއި، ކުޅީވަރުގެ ސިޔާސަތުތައް ކަނޑައެޅުމުގައިވެސް ފަސޭހަތަކެއްވާނެކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.
މިނިސްޓަރ ރާފިއު ވިދާޅުވީ ގާތް ގަނޑަކަށް މަހެއްހާ ދުވަހުގެ މަސައްކަތަށްފަހު ތައްޔާރުކުރެވުނު ޕްލޭންއަކީ ކުޅިވަރުގެ ކުރިމަގަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. 
މިއަދު އިފްތިތާހު ކިރެވުނު ދެލިކޮޕީގެ މިވަގުތު ސްޕޯޓްސް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.