މިނިސްޓަރުގެ މެސެޖު - ޒާތީ ނުވެ ކުޅިވަރު ކުރިއަރުވަން ހިނގާ!

17 މާރިޗު 2024

ކުޅިވަރަކީ ޒާތީވެގެން ކުރެވޭނެ ކަމެއް ނޫންކަމަށާއި، އެންމެން އެކުގައި ޒިންމާ އަދާކޮށްފިނަމަ އެއް ބައެއްގެ ގޮތުގައި ކުޅިވަރު ކުރިއެރުވުމަށް އެހީވުމަށް މިނިސްޓަރު ގޮވާލައްވައިފި އެވެ. 
މޯލްޑިވްސް އެޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ރާފިޢު ވަނީ ތަފާތު ބައެއްގެ ގޮތުގައި ނުތިބެ އެންމެ އެއްބައެއްގެ ގޮތުގައި ކުރިއަށްދިޔުމަށް ގޮވާލާފަ އެވެ. އަދި އެއް ލަނޑުދަނޑިއެއް ހާސިލްކުރަން މަސައްކަތްކުރާނަމަ މި ތަފާތުތައް ނުފެންނާނެކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިއީ ޒާތީވެގެން ކުރެވޭނެ ކަމެއް ނޫން. އެއަށްވުރެ މާ ބޮޑު އަދި މާ މާތް މަޤްޞަދެއްގައި ކުރަން ޖެހޭ ކަމެއް. މިކަން ކުރުމަށްޓަކައި ކޮންމެ މުއައްސަސާއަކީވެސް އަދި ކޮންމެ މުއައްސަސާއެއްގެ ކޮމްޕޮނަންޓަކީވެސް ވަކި ޑިފައިންޑް ރޯލެއް އަދާކުރަން ޖެހޭ ބައެއް" މިނިސްޓަރ ރާފިޢު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުޅިވަރު ކުރިއެރުވުމަށް ކުޅިވަރު އެސޯސިއޭޝަންތަކާއި ކަމާ ގުޅުންހުރި މުވައްސަސާތަކަކީވެސް މުހިންމު ރޯލެއް އަދާކުރަން ޖެހޭނެ ބައެއްކަމަށެވެ.