ތަމްރީން ހެދުމަށް ރާއްޖޭގެ ޤައުމީ އަންހެން
އަދި ފިރިހެން ޓީމު ސައުދީ އަރަބިއްޔާއަށް ގޮސްފައިވާއިރު، މިއީ މިޑިލް އީސްޓްގެ
ޤައުމެއްގައި ވޮލީ ޓީމު ތަމްރީން ހަދާ ފުރަތަމަ ފަހަރު ފަހަރުކަމަށް މިނިސްޓަރ
އަޙުމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ޤައުމީ ޓީމުގެ
ކުޅުންތެރިންނާއެކު ހިމެނޭ ފޮޓޯއަކާއެކު ކުރެއްވި ޓްވީޓެއްގައެވެ. މިނިސްޓަރ
ވިދާޅުވީ، މީގެ ކުރިން ވޮލީ ޓީމުތައް ފުރަތަމަ ފަހަރަށް ޔޫރަޕުގައި ތަމްރީން
ހަދަން ފޮނުވަން ފަށާފައިވާ ކަމަށެވެ. އަދި މިއީ އަންހެން އަދި ފިރިހެން ވޮލީ ޓީމު
މިޑިލް އީސްޓްގެ ޤައުމެއްގައި ތަމްރީން ހަދާ ފުރަތަމަ ފަހަރު ކަމަށް މިނިސްޓަރ
ކުރެއްވި ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ. އަދި މިއީ ތާރީޚީ ދުވަހެއް ކަމަށް މިނިސްޓަރ
ވަނީ ވިދާޅުވެފައެވެ.
14 ދުވަހުގެ މި ޓްރެއިނިންގ ކޭމްޕަކީ ކުރިއަށް
އޮތް ސެންޓްރަލް ޒޯން މުބާރާތައް ތައްޔާރުވުމުގެ ގޮތުން ކުރާ ތަމްރީނު ދަތުރެކެވެ.
މި ދަތުރަކީ ޔޫތް މިނިސްޓްރީ އާއި ވޮލީބޯލް އެސޯސިއޭޝަނުން
ކުރި މަސައްކަތުން ލިބުނު ދަތުރެކެވެ.