މ.ދިއްގަރުގައި ބޭސިކް ހޭންޑްބޯލް ކޯޗިންގ ކޯހެއް ފަށައިފި

06 އޯގަސްޓު 2023

މ.ދިއްގަރުގައި ބޭސިކް ހޭންޑްބޯލް ކޯޗިންގ ކޯހެއް ފަށައިފިއެވެ.
މި ކޯސް ކުރިޔަށްދާނީ، 5 އޮގަސްޓް 2023 އިން 14 އޮގަސްޓް 2023 ގެ ނިޔަލަށެވެ.
މި ކޯހަކީ ކުޅިވަރުގެ ދާއިރާއިން ޒުވާނުން ކުރިއެރުވުމަށް ޔޫތް މިނިސްޓްރީގެ ދަށުން ކުރާ މަސައްކަތުގެ ތެރެއިން މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ހޭންޑްބޯލް މޯލްޑިވްސް އަދި މ.ދިއްގަރު ކައުންސިލްއާއި ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ.
މި ކޯހުގެ މަޤްސަދަކީ ހޭންޑްބޯލް ކުރިއެރުވުމަށް ކޯޗުން އުފައްދައި، މަދަރުސީ ދައުރުން ފެށިގެން މިކުޅިވަރަށް ކުދިން އަހުލުވެރި ކުރުވާނެ ކޯޗުން ތަމްރީން ކުރުމެވެ. މިކޯހުގައި ހޭންޑްބޯލްގެ ކޯޗެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކަންކަމަށް ބައިވެރިން ތަމްރީން ކުރެވޭނެއެވެ.
މި ކޯހުގައި އިންސްޓްރަކްޓަރުންގެ ގޮތުގައި ކިޔަވައި ދެއްވާނީ މުޙައްމަދު ލައްމާހް އިބްރާޙީމް އާއި ޢަލީ ނާއިޒުއެވެ.