މަޑުއްވަރީ އާއި މުލީގައި ވޮލީކޯޓު އެޅުމަށް ސިކްސް ނިރު އިންވެސްޓްމަންޓާއި ހަވާލުކޮށްފި

06 ޖޫން 2024

މ. މަޑުއްވަރީ އާއި މ. މުލީގައި ވޮލީކޯޓު އެޅުމަށް ސިކްސް ނިރު އިންވެސްޓްމަންޓާ ހަވާލުކޮށްފި އެވެ. 
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގައި އޮތް ރަސްމިއްޔާތެއްގައި މުލަކު އަތޮޅުގެ ދެ ރަށުގައި ވޮލީކޯޓު އެޅުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް އާމިރު އެވެ. ސިކްސް ނިރު އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީ މެނޭޖިން ޑިރެކްޓަރ އަބްދުލް ގަފޫރު އިބްރާހިމް އެވެ. 
ދެ ރަށުގައިވެސް ވޮލީކޯޓު އަޅައި ނިންމަން ޖެހެނީ 40 ދުވަހުގެ ތެރޭގަ އެވެ. މަޑުއްވަރީގެ ވޮލީކޯޓަށް އެއް މިލިއަން އެއް ލައްކަ ތިރީސް ހާސް ހޭދަވާއިރު، މުލީގެ ވޮލީކޯޓު އަޅަންވެސް އެއްބަސްވެފައިވަނީ ހަމަ މި އަގަށެވެ. 
މ. އަތޮޅުގެ ދެ ރަށެއްގައި ވޮލީކޯޓު އަޅަން ނިންމިއިރު، މި އަތޮޅަކީ ވޮލީބޯޅައިގެ ގިނަ މުބާރާތްތަކެއް ބާއްވަމުން އަންނަ އަތޮޅެކެވެ.