މާލޭގައި ސްޓްރެންތް އެންޑް ކޮންޑިޝަނިންގ ކޯހެއް ކުރިޔަށް ގެންގޮސްފި

21 އޭޕްރީލު 2024

މާލޭގައި ކުރިިޔަށް ގެންދިޔަ ސްޓްރެންތް އެންޑް ކޮންޑިޝަނިންގ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އޭޕްރިލް މަހުގެ 14 އިން 20 ގެ ނިޔަލަށް ކުރިޔަށް ގެންދިޔަ މި ކޯހަކީ، މޯލްޑިވްސް ނެޝަނަލް އިންސްޓްޓިއުޓް އޮފް ސްޕޯޓްސް (އެމް.އެން.އައި.އެސް) އާއި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ އާ ގުޅިގެން ކުރިއަށް ކޯހެކެއެވެ.
މިކޯހަކީ، ކުޅިވަރުގެ ދާއިރާއިން ޒުވާނުން ކުރިއެރުވުމަށް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން ހިންގުމަށް ރާވާފައިވާ ޓްރެއިނިން ޕްރޮގްރާމް ތަކުގެތެރެއިން މުހިންމު އެއް ޕްރޮގްރާމެވެ.
ކޯހުގެ މަޤްސަދަކީ ސްޓްރެންތް އެންޑް ކޮންޑިޝަނިންގ ކޯޗުން އުފައްދައި ތަމްރީން ކުރުމެވެ. މިގޮތުން ކޯހުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ޤައުމީ އެސޯސިއޭޝަންތަކުގެ ކޯޗުންނާއި ފިޓްނަސް އެންޑް ސްޕޯޓްސް ގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވަނީ އިސްކަންދެވިފައެވެ.
މި ކޯހުގައި ޖުމްލަ 42 ބައިވެރިން ވަނީ ބައިވެރިވެފައެވެ. އެއީ 14 އަންހެން ބައިވެރިންނާއި 28 ފިރިހެން ބައިވެރިންނެވެ. ކޯހުން ފާސްވެ ސެޓްފިކެޓް ހާޞިލްކޮށްފައިވަނީ 25 ބައިވެރިންނެވެ.
7 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މިކޯހުގައި ސްޓްރެންތް އެންޑް ކޮންޑިޝަނިންގ ކޯޗެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކަންކަމަށް ބައިވެރިން ތަމްރީން ކުރެވުނެވެ. އެގޮތުން ޕާރފޮމަންސް އެސެސްމަންޓް އެން އިވޭލުއޭޝަން، ބަޔޯމެކޭނިކްސް، ސްޕޯޓްސް މެޓަބޮލިޒަމް ފަދަ ބައިތަކަށް ތަމްރީނު ކުރެވިފައިވެއެވެ.
މިކޯހުގެ އިންސްޓްރަކްޓަރުންގެ ގޮތުގައި ކިޔަވައި ދެއްވީ ލެބަނަންއަށް ނިސްބަތްވާ ނެޝަނަލް ކައުންސިލް އޮފް ސްޓްރެންތް އެންޑް ފިޓްނަސް (އެން.ސީ.އެސް.އެފް)ގެ ތަޖުރިބާކާރު އިންސްޓްރަކްޓަރއެއް ކަމުގައިވާ ޢާމިރު ޢީދުއެވެ.