މާލޭގައި ކެރަމް ބޭސިކް އަމްޕެއަރ ކޯހެއް ފަށައިފި

16 މޭ 2023

ކުޅިވަރުގެ ދާއިރާއިން ޒުވާނުން ކުރިއެރުވުމަށް ޔޫތު މިނިސްޓްރީގެ ދަށުން ކުރާ މަސައްކަތުގެ ތެރެއިން ކެރަމް ބޭސިކް އަމްޕެއަރ ކޯހެއް  މާލޭގައި ފަށައިފިއެވެ.
މި ކޯސް ކުރިިޔަށްދާނީ މޭ މަހުގެ 12 އިން 16 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ކޯހަކީ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ކެރަމް އެސޯސިއޭޝަން ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ.
މިކޯހުގައި އަލިއަޅުވާލާނެ ކަންތަކުގެތެރޭގައި ކެރަމްގެ ޤަވައިދުތަކާއި ގަވައިދާ އެއްގޮތައް ނިންމުނަތައް ނިންމާނެގޮތާއި އަދި ޕޮޒިޝަން އެންޑް ކޮމިއުނިކޭޝަން ހިމެނެއެވެ.
މި ކޯހުގައި ކިޔަވައިދެއްވާ އިންސްޓްރަކްޓަރުންނަކީ ކެރަމްގެ ތަޖުރިބާކާރު ދެ އަމްޕެއަރުން ކަމުގައިވާ ޢަލީ މާހިރު އާއި މުޙައްމަދު ވަހީދެވެ.