ކުޅިވަރުގެ ދާއިރާއިން ޒުވާނުން ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ހޭންޑްބޯލް ބޭސިކް ކޯޗިންގ ކޯހެއް މާލޭ ސިޓީގައި ފަށައިފިއެވެ.
މި ކޯހަކީ 23 މާރިޗު 2024 އިން 29 މާރިޗު 2024 ގެ ނިޔަލަށް ކުރިޔަށްގެންދާ ކޯހެކެއެވެ. މި ކޯސް ކުރިޔަށްދާނީ 34 ބައިވެރިންނާއެކުއެވެ.
މި ކޯހުގެ މަޤްސަދަކީ ހޭންޑްބޯލް ކުރިއެރުވުމަށް
ކޯޗުން އުފައްދައި، މަދަރުސީ ދައުރުން ފެށިގެން މިކުޅިވަރަށް ކުދިން އަހުލުވެރި
ކުރުވާނެ ކޯޗުން ތަމްރީން ކުރުމެވެ.
7 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިކޯހުގައި ހޭންޑްބޯލްގެ ކޯޗެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކަންކަމަށް ބައިވެރިން ތަމްރީން ކުރެވޭނެއެވެ.
މިކޯހުގެ އިންސްޓްރަކްޓަރުންގެ ގޮތުގައި ކިޔަވައި ދެއްވާނީ އިބްރާހިމް
ހައިޝަމް އަބްދުﷲ އާއި ޢަލީ ރުޒަމްއެވެ.