މ. ދިއްގަރު ކައުންސިލާއި ވަޒީރު ރާފިޢު ބައްދަލުކުރައްވައިފި އައު

14 ޖެނުއަރީ 2025

މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވާ އެ ރަށުގެ ކުޅިވަރުގެ ހާލަތާ ގުޅޭގޮތުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު މަޝްވަރާކުރައްވައިފި އެވެ. 
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ވަޒީރު ރާފިޢުގެ އިތުރުން ކުޅިވަރު ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް ނިޔާޒުވެސް ބައިވެރިވެވަޑައިގެންނެވި އެވެ. 
މި ބައްދަލުވުމުގައި ދިއްގަރުގެ ކުޅިވަރުގެ ހާލާތާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މިގޮތުން އެ ރަށަށް މިވަގުތު ބޭނުންވާ ކުޅިވަރު ވަސީލަތްތަކާއި، އެ ރަށުގައި މިވަގުތު ހުރި ވަސީލަތްތަކުގެ ހާލަތު، ކައުންސިލުން ވަނީ ވަޒީރު ރާފިޢުއާ ހިއްސާކުރައްވާފަ އެވެ.