ލަބެރާ ބޮޑީބޯޑިން ޗެލެންޖް 2025 ނިންމާލައިފި! އައު

08 އޯގަސްޓު 2025

ގައުމީ ބޮޑީބޯޑިން ލީގުގެ ދެ ވަނަ މުބާރާތް، ލަބެރާ ބޮޑީބޯޑިން ޗެލެންޖް ނިންމާލައިފިއެވެ.
މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް އާމިރް އަދި ކުޅިވަރު ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ އަޙުމަދު ޝިޔާޢުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ލަބެރަ ބޮޑީބޯޑިން ޗެލެންޖްގެ އޯޕަން ކެޓަގަރީގެ ފައިނަލުގައި އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ގެ މައްޗަށް ކުރިހޯދައި، ޗެމްޕިއަންކަން ހޯދާފައިވަނީ އާމިން އުމަރު މޫސާ އެވެ. މިއީ ގައުމީ ބޮޑީބޯޑިން ލީގުގެ ފައިނަލެއްގައި އާމިން ކުޑަ އައްޔަ ބަލިކުރި ދެ ވަނަ ފަހަރެވެ.
މި މުބާރާތުގެ ޑްރޮޕްނީ ކެޓެގަރީގެ ޗެމްޕިއަންކަން ހޯދީ އަލީ ޚުސްރުވާން އަޙްމަދު (ކުޑަ އައްޔަ) އެވެ. ބުރުނު ޝިކާރު މުބާރާތުގެ ޑްރޮޕްނީ ކެޓަގަރީގެ ޗެމްޕިއަން، އަލީ ޚުޝްރުވާން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އާމިން އުމަރު މޫސާއާ ވާދަކޮށް 9.50 ގެ ސްކޯއަކުންނެވެ.
މީގެ އިތުރުން، މިއަދު ކުރިއަށްދިޔަ ޖޫނިއާ ކެޓަގަރީގެ ފައިނަލުގައި އިޔަން އަހުމަދު ބަލިކޮށް މުހައްމަދު އަޒާން އަހުމަދު ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ވެސް އިޔަންއާ ވާދަކޮށް މި މުބާރާތް ކާމިޔާބުކުރީ އަޒާން އެވެ.