ލ. ހިތަދޫ ވޮލީކޯޓާއި، ފުޓްބޯޅަ ދަނޑުގެ މަސައްކަތް އަންނަ އަހަރު ބަޖެޓުގައި ހިމަނަނީ

20 އޯގަސްޓު 2024

ލ. ހިތަދޫ ވޮލީކޯޓާއި، ފުޓްބޯޅަ ދަނޑުގެ މަސައްކަތް އަންނަ އަހަރު ބަޖެޓުގައި ހިމަނައިގެން ކުރިއަށްގެންދަވާނެކަމަށް ކުޅިވަރާއި، ހަށިހެޔޮކަމާ ބެހޭ ވަޒިރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.
ވަޒީރު ރާފިޢު މިހެން ވިދާޅުވީ އެރަށުގައި ނިމުނު ޖޯޒީއެމްވީ ފުޓްސަލް ޗެލެންޖު 2024ގެ ފައިނަލް މެޗަށްފަހު އެ ރަށުގެ ރައްޔިތުންނާ ވާހަކަދައްކަވަމުންނެވެ.
ހައްދުންމަތީ ހިތަދޫގައި ކުޅިވަރު ކުރިއެރުވުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މިވަގުތު އެރަށުގައި އެކަށީގެންވާ ކުޅިވަރު ވަސީލަތްތައް ނެތުމެވެ. ރަށުގެ ޒުވާނުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވާނެކަން ފާހަގަކުރައްވާ ވަޒީރު ރާފިޢު ވިދާޅުވީ، އެރަށުގެ ވޮލީބޯޅަ ކޯޓާއި، ފުޓްބޯޅަ ދަނޑުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާދެއްވާނެކަމަށެވެ. މިގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެ ދެ މަޝްރޫޢު ކުރިއަށްގެންދަވާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.