"ލ. ހިތަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް ކައުންޓަރާ ވަނީ ހަވާލުކުރެވިފައި"

20 އޯގަސްޓު 2024

ލ. ހިތަދޫގައި އެޅުމަށް ހަމަޖެހިފައިވާ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް މިހާރު ކޮންޓްރެކްޓަރާ ހަވާލުކުރެވިފައިކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.
ހައްދުންމަތީ ހިތަދޫ ހޭންޑްބޯޅަ ކޯޓާ ގުޅޭ ވާހަކަ ވަޒީރު ވާހަކަދައްކަވާފައި މިވަނީ ދާދިފަހުން އެރަށުގައި ނިމުނު އަރަފާ ޖޯޒީ އެމްވީ ފުޓްސަލް ޗެލެންޖުގެ ނިންމުމުގެ ރަސްމިއްޔާތުގަ އެވެ.
ވަޒީރު ރާފިޢު ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލު ކުރެވިފައިވާ ކަމަށާއި، މިވަގުތު ކައުންސިލުން ދަނީ ބިން ހަވާލުކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އަދި ކައުންސިލުން ބިން ހަވާލުކުރިހާ އަވަހަކަށް، އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.
ހިތަދޫގެ ރައްޔިތުންނާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަޒީރު ރާފިޢު ވަނީ ކުޅިވަރު މުބާރާތްތަކުގެ މައިގަނޑު ބޭނުން ފާހަގަކުރައްވާ، ސްކޫލް ކުޅިވަރުގެ ތެރެއިންނާއި ރަށްރަށުގެ ޒުވާނުންގެ ކުޅިވަރު މުބާރާތްތަކުގެ ތެރެއިން ރިވެތި އަހުލާގު ދަސްވާކަން ފާހަގަކުރައްވާފަ އެވެ. އަދި ކުޅިވަރުގެ ރޫހާ އެއްގޮތަށް މުބާރާތްތައް ކުރިއަށްގެންދިޔުމުގެ މުހިންމުކަންވެސް ވަޒީރު ފާހަގަކުރެއްވި އެވެ.