ކުނަހަންދޫގެ ކުޅިވަރުގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވަޒީރު މަޝްވަރާކުރައްވައިފި

31 އޯގަސްޓު 2024

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ލ. ކުނަހަންދޫ ކައުންސިލާ ބައްދަލުކުރައްވައިފި އެވެ.
ކުޅިވަރު ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމަކީ ކުނަހަންދޫގެ ކުޅިވަރުގެ ހާލަތު ދެނެގަނެ، އެ ރަށުގައި ކުޅިވަރު ކުރިއެރުވުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ބައްދަލުވުމެކެވެ.
ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ކުރިއަށްދާ ކުނަހަންދޫގެ ކައުންސިލުން ވަނީ މިވަގުތު އެރަށަށް ބޭނުންވާ ކުޅިވަރު ވަސީލަތްތަކާ ގުޅޭ މައުލޫމާތު ވަޒީރު ރާފިޢުއާ ހިއްސާކުރައްވާފަ އެވެ.
ކުނަހަންދޫ ކައުންސިލާއިއެކު ކުރިއަށްދިޔަ މި ބައްދަލުވުމުގައި ވަޒީރު ރާފިޢު ވަނީ ސަރުކާރުން އެރަށުގެ ތަރައްގީއަށް ރާވާފައިވާ ކުޅިވަރު މަޝްރޫޢުތަކާއި، ވަސީލަތްތަކުގެ މައުލޫމާތު ހިއްސާކުރައްވާފަ އެވެ.
ކުނަހަންދޫ އަކީ ކްރިކެޓު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ރަށެކެެވެ. ގައުމީ ފެންވަރުގައިވެސް އެރަށުގެ ޓީމްތައް ވާދަކުރާކަން ފާހަގަކޮށްލެވެ އެވެ.