ކުޅުދުއްފުށި ސިޓީގައި "އިންޓްރޮޑަކްޓްރީ ޓްރެއިނިންގ ޓު ވޯޓަރ އެރޮބިކްސް" ޕްރޮގްރާމެއް ފަށައިފި

09 ނޮވެމްބަރު 2023

ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމަށް ޔޫތު މިނިސްޓްރީގެ ދަށުން ކުރާ މަސައްކަތުގެ ތެރެއިން "އިންޓްރޮޑަކްޓަރީ ޓްރެއިނިންގ ޓު ވޯޓަރ އެރޮބިކްސް" ޕްރޮގްރާމެއް ފަށައިފިއެވެ.
މި ޕްރޮގްރާމް ކުރިޔަށް ދާނީ 7 ނޮވެމްބަރ 2023 އިން 11 ނޮވެމްބަރ 2023 އަށް ކުޅުދުއްފުށި ސިޓީގައެވެ. މި ކޯހަކީ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި އަޕަރ ނޯތް ޕޮލިސް އާއި ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ.
މިޕްރޮގްރާމްގެ މަޤްސަދަކީ ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމަށްޓަކައި އެކި އުމުރުފުރައިގެ އާންމުން ހޭލުންތެރިކޮށް ދުޅަހެޔޮ ސިއްހަތަކަށް ދިގު މުއްދަތަކަށް މަސައްކަތްކޮށްދިނުމެވެ. މި ޕްރޮގްރާމްގައި މޫދު ކަސްރަތު އިންސްޓްރަކްޓަރުންގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކަންކަމަށް ބައިވެރިން ތަމްރީން ކުރެވޭނެއެވެ. އަދި މޫދު ކަސްރަތު ކުރަންވީ ގޮތްތައް ބައިވެރިންނަށް ކިޔަވައިދެވޭނެއެވެ.
 މިކޯހުގެ އިންސްޓްރަކްޓަރެއްގެ ގޮތުގައި ކިޔަވައިދެއްވަނީ މިދާއިރާގެ ތަޖުރިބާކާރު ބޭފުޅެއްކަމުގައިވާ ޕޮލިސް އިންސްޕެކްޓަރ މުޙައްމަދު ޝުޖާއުއެވެ.